މަޑަވެލިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް

ގދ. މަޑަވެލީގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން، އެ ރަށު ކައުންސިލްގެ ނައިބުރައީސް އަޒަމް މުހައްމަދު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އެއް...

06 Feb 2021 | 17:46

ގދ. މަޑަވެލީގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން، އެ ރަށު ކައުންސިލްގެ ނައިބުރައީސް އަޒަމް މުހައްމަދު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އެއް ގެއެއްގައި ހޯމް ކަރަންޓީނުގައި ތިބި ހަތް ބިދޭސީއެއްގެ ތެރެއިން ތިން މީހަކު ކަމަށެވެ. ހަތަރު މީހަކު ނެގަޓިވް ކަމަށެވެ.

ތިން މީހަކު ޕޮޒިޓިވް ވުމުން، އޮންނަ އުސޫލުގެ ތެރެއިން އަނެއް ހަތަރުމީހުންގެ ކަރަންޓީނު މުއްދަތުވެސް މިހާރު އިތުރުކޮށްފައިވާކަމުގައި އަޒަމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި، އިތުރު އެއްވެސް ބަޔަކު ކޮންޓެކްޓްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާކަމަށާއި ނަމަވެސް ރަށުގެ އެއްވެސް ފަރާތެއް، ކޮވިޑްގެ އަލާމާތެއް އުޅޭނަމަ ލަސްނުކޮށް ކައުންސިލް އަދި ޓާސްކްފޯހަށް އެންގުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް