ރާއްޖޭގައި މިއަދު ކޯވިޑް-19 ވެކްސިން2،575 މީހުންނަށް ދީފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން2،015 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގެ އެކި ސެންޓަރުތަކުންނެވެ. އަތޮޅު ތެރޭގެ ސެންޓަރުތަކުގައި ވެކްސިން ދީފައިވަނީ560 މީހުންނަށެވެ.
މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ6،854 މީހުންނެވެ. އޭގެ ތެރެއިން5،588 މީހުންނަށް ވެކްސިން ދިނީ މާލެއިންނެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ1،266 މީހުންނަށެވެ.
https://twitter.com/HPA_MV/status/1358098454896136195
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް