މިއަދު ކޯވިޑަށް ޕޮސިޓިވްވީ މާލެއިން 78މިހުންނާއި ޖުމްލަ 109

އިތުރު 109 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު މާލެއިން 78 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ރިސޯޓުތ...

06 Feb 2021 | 17:06

އިތުރު 109 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު މާލެއިން 78 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ރިސޯޓުތަކުން 20 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން 11 މީހަކު ޕޮސިޓިވް ވެފައިވެ އެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،220 ސާމްޕަލެވެ. މިހާތަނަށް ރާއްޖޭގައި ޓެސްޓުކޮށްފައިވަނީ 430،513 ޕީސީއާރު ސާމްޕަލެވެ.

މިވަގުތު ކޯވިޑް ޖެހިގެން 2،039 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 207 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓކޮށްގެންނެވެ.

މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 14،556 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 54 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 16،656 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް