އައްޑޫ ސިޓީ ހިތަދޫގައި ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެގޮތުން އައްޑޫ ލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ޕޮޒިޓިވް ވި ދެމީހުންނަކީވެސް ދެ ދިވެހިންނެވެ. އަދި އޭގެ ތެރެއިން އެކަކީ މޯލްޑިވިއަންގައި މަސައްކަތް ކުރާ މީހެއް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އައްޑޫ ސިޓީ ހުޅުދޫ މީދޫގެ އެމްޓީސީސީ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން އިތުރު 10 ސާމްޕަލެއް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. މިހާރު އެ އަވަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 18 ބިދޭސީން ކަމަށް އަސްޑު ސިޓީކައުންސިލްގެ ޓުވިޓަރގައި ިއިއްޔެ ހާމަކޮށްފައި ވެއެވެ.
ތަފްސީލު އަންނަީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް