ބްރޭކްއަޕް ވުމުން އައި ރުޅީގައި ސައިކަލު އަންދާލައިފި

ބްރޭކްއަޕް ވުމުން އައި ރުޅީގައި އެކްސް ގާލްފްރެންޑްގެ ސައިކަލު އަންދާލައިފިއެވެ. މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ބެންގަލޫރް ގައި ހިނގާފައިވާ މި ހާދިސާގައި އަންދާލަފައިވަނީ ފިރިހެން މީހާ ކުރިން ރ...

06 Feb 2021 | 11:43

ބްރޭކްއަޕް ވުމުން އައި ރުޅީގައި އެކްސް ގާލްފްރެންޑްގެ ސައިކަލު އަންދާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ބެންގަލޫރް ގައި ހިނގާފައިވާ މި ހާދިސާގައި އަންދާލަފައިވަނީ ފިރިހެން މީހާ ކުރިން ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާގެ ސްކޫޓަރ ކަމަށް ވެއެވެ.

މި ދެމީހުންނަކީވެސް ކޮލެޖްގައި ކިޔަވަން އުޅެމުން ލޯބީގެ ގޮތުން ގުޅުން ދެމީހުން ކަމަށްވެއެވެ. އެހެން ނަމަވެސް ފިރިހެން މީހާ ރުޅިއައިސްފައިވަނީ އަންހެން މީހާ އޭނާއާ ރުޅިވުމުންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ސަންޖޭ މުރުތީ ނަމަކަށް ކިޔާ މި ފިރިހެންމީހާ ވަނީ އަންހެން މީހާ ބްރޭކްއަޕް ވުމުން އޭނާގެ ގެއަށްވެސް އެކި ފަހަރު މަތީން ގޮސް އަންހެން މީހާއަށް ތަފާތު ގޮތްގޮތުން ދުއްތުރާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް