އައްޑޫސިޓީ ހުޅުމީދޫއިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
'ވަގުތު އޮންލައިން'ގައި ވާ ގޮތުން ހުޅުމީދު ކައުންސިލަރ އިބްރާހިމް ޝުކުރީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން، އެރަށުން ފައްސިވި މީހުންގެ ޖުމުލަ އަދަދު މިހާރު 24 އަށް އަރާފައިވާ ކަން ކަށަވަރުކޮށްދެއްވާފައި ވެއެވެ.
އެ އެންމެނަކީވެސް ބިދޭސީން ކަމަށް 'ވަގުތު އޮންލައިން' ގައި ވެއެވެ.
ހުޅުމީދޫއިން ފައްސިވެފައިވާ ބިދޭސީންނަކީ ބަނދަރު ސަރަހައްދުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީންކަން އެ ނޫހުގައި ފާހަގަ ކޮށްފައިވެއެވެ.
ހުޅުދޫއިން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އެއަށްފަހު އެރަށު އެމްޓީީސީސީ ސައިޓުގައި މަސައްކަތް ކުރި ދެ ބިދޭސީން ފައްސިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް