ބޮލަށް ފާރެއްް ވެއްޓި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އެ ކުއްޖާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާއަށް އަނިޔާވެގެން ގެންދިޔައީ ހެނދުނު 11:30 ހާއިރު އެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭވެރިކަން ހުރި ނަމަވެސް މިހާރު ހޭވެރިކަންނެތް ކަމަށެވެ.
މިހާދިސާގައި އެ ކުއްޖާގެ ހަށިގަނޑުގައި ގިނަ ފްރެކްޗާތަކެއް ހުރުމުގެ އިތުރުން ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ.
އެ ކުއްޖާގެ ބޮލަށް ފާރު ވެއްޓުނީ ހަދަމުންދާ ރިސޯޓަކަށް ދަތުރު ގޮސް އުޅެނިކޮށެވެ. އެ ކުދިން ދަތުރު ގޮސް އުޅުނީ "ލޮނަދޫ ހުއްޓާ" ކިޔާރަށަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް