ހިންމަފުށީ ކައުންސިލަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކ. ހިންމަފުށީ ކައުންސިލަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި އެ ރަށުގެ މީހަކު މިދިޔަ ބުރާސްފަތ...

06 Feb 2021 | 11:18

ކ. ހިންމަފުށީ ކައުންސިލަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި އެ ރަށުގެ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ޕޮޒިޓިވް ވެފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ އެ ރަށު ކައުންސިލު މެންބަރެކެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިން ނިންމުމަށްފަހު އިތުރު ސާމްޕަލްވެސް ނަގާފައިވާކަމަށެވެ. ނަމަވެސް އިތުރު ނަތީޖާތައް އަދި ނުލިބޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް