ދ. ހުޅުދެލީ ނެރު ފުންކޮށް ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެހެންކަމުން ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުުމުގެ މަޝްރޫޢުގެ25 އިންސައްތަ މިހާރު އެ ނިމުނީއެވެ.
ހުޅުދެލީ ނެރު ފުންކުރުމުގެ މަސައްކަތް ނިންމާ، މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %80 ވެސް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލައި 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެއެވެ.
ހުޅުދެލީގައި ރިވެޓްމަންޓް ޖަހާނީ 252 މީޓަރުގެ ސަރަޙައްދެއްގައެވެ. އަދި މަގުތަކުގައި މަގު ބައްތި ހަރުކުރުމަށް ވެސް ހަމަޖެހިފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން 1،645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދިގެންދާނެއެވެ. މިއީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް