މަޑަވެލީގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހަކު ކޮވިޑަށް ފައްސިވެއްޖެ

ގދ. މަޑަވެލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ގދ. މަޑަވެލި ކައުންސިލްގެ ނައިބު ރައީސް ޢަޒަމް މުހައްމަދު 'ދުވަސް' އަށް ވިދާޅުވީ، ފައްސިވެފައި ވަނީ ހޯމް ކަރަންޓީނަށް ...

06 Feb 2021 | 10:13

ގދ. މަޑަވެލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގދ. މަޑަވެލި ކައުންސިލްގެ ނައިބު ރައީސް ޢަޒަމް މުހައްމަދު 'ދުވަސް' އަށް ވިދާޅުވީ، ފައްސިވެފައި ވަނީ ހޯމް ކަރަންޓީނަށް އައި7 މީހުންގެ ތެރެއިން އެކެއް ކަމަށެވެ. އެމީހާ ފައްސިވެފައި ވާކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުންނެވެ.

މި މަހު 4 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނެގި ޓެސްޓުގެ ނަތީޖާ މިއަދު ލިބުނު އިރު ފައްސިކަން އެނގިފައި ވާ ކަމަށް ޢަޒަމް ވިދާޅުވިއެވެ. ސާމްޕަލް ނެގި ނަމަވެސް އެމީހުން އޭރުން ފެށިގެން ތިބީ ކަރަންޓީންގައި ކަމަށާއި އެއްވެސް ގޮތަަކަށް ބޭރަށް ނުކުމެފައި ނުވާކަން ޢަޒަމް ފާހަގަކުރެއްވިއެވެ.

މަސައްކަތެއްގައި މަޑަވެއްޔަށް އައި މީހުންގެ ތެރެއިން އެކެއް ކޮވިޑަށް ފައްސި ވުމާ ގުޅިގެން އެ އެންމެންވެސް ތިބީ އިތުރު 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައެވެ.

"އެއްމެ މީހަކުވެސް ޕޮޒިޓިވް ވެއްޖިއްޔާމުން ރިސްކެއް ނުނެގޭނެ. ބޮޑު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްދާނެތީ" ޢަޒަމް ވިދާޅުވިއެވެ. އެހެންކަމުން މިއަދުން ފެށިގެން އަލުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް