ސައުދީގައި ޖަމަލު ގޮރު ބޯން ލިބޭ ކެފޭއެއް !

ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ބަޔަކު ޖަމަލު ގޮރު ބޯ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. މި ވީޑިއޯ ވައިރަލްވެގެންގޮސްފައިވަނީ ފުރަތަމަ ޓްވިޓާގައެވެ. މި ވީޑިއޯ އާންމުކޮށްފައިވަނ...

06 Feb 2021 | 09:56

ސައޫދީ އަރަބިއްޔާގެ ހަނަފަސް ހިސާބެއްގައި ބަޔަކު ޖަމަލު ގޮރު ބޯ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

މި ވީޑިއޯ ވައިރަލްވެގެންގޮސްފައިވަނީ ފުރަތަމަ ޓްވިޓާގައެވެ.

މި ވީޑިއޯ އާންމުކޮށްފައިވަނީ ސައޫދީގައި ފުރަތަމަ ފަހަރަށް ޖަމަލު ގޮރު އާންމުކޮށް ބޯން ލިބޭނެ ކެފޭއެއް ހުޅުވި ކަމަށް ބުނެއެވެ.

https://twitter.com/observer_2012/status/1355872687172808708

މި ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް މި ކަމަށް ތާއީދުކުރާ ބައެއް މީހުންވެސް ވީޑީއޯއަށް ކޮމެންޓް ކުރެއެވެ. އެ ފަރާތްތަކުން ބުނަނީ ޖަމަލު ގޮރަކީ ދީނީ ބޭހެއް ކަމަށެވެ. އެ ފަރާތްތަކުން ބުނަނީ އިރާނުގެ ޝިއަޢީ އިމާމުން، ބަލި މީހުންނަށް ބޭހެއްގެ ގޮތުގައި ޖަމަލު ގޮރު ދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް