އަހަރެން މަގުމަތިކޮށްފަ ބަހައްޓަން ރައީސް ސޯލިހާއި ކޯލީޝަން ވެރިން ލަދުގަންނަންޖެހޭނެ: ޝިދާތާ

މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް މަގުމަތިކޮށްފަ ބަހައްޓަން ރައީސް ސޯލިހާއި ކޯލީޝަން ވެރިން ލަދުގަންނަންޖެހޭނެ ކަމުގައި ޝިދާތާ ވިދާޅުވެއްޖެއެވެ. ޝިދާތާ މިހެން ވިދާޅުވީ ޓްވިޓާ އަދ...

06 Feb 2021 | 09:38

މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް މަގުމަތިކޮށްފަ ބަހައްޓަން ރައީސް ސޯލިހާއި ކޯލީޝަން ވެރިން ލަދުގަންނަންޖެހޭނެ ކަމުގައި ޝިދާތާ ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ ޓްވިޓާ އަދި ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައެވެ.

ޝިދާތާ ވިދާޅުވެފައިވަނީ ވަޒީރުކަމުން އިސްތިއުފާ ދިންތާ މިއަދަށް މިވީ އެއް އަހަރު ކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެކަކަށް އެންމެ ބުރަ މަސައްކަތް މި ސަރުކާރު ގެންނަން ކުރި މީހަކަށް އޭނާ ވާނެ ކަމަށެވެ.

"ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކުރަން، އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާއި ކުރިމަތިލީ މީހަކަށް އަޅުގަނޑުވާނެ" ޝިދާތާ ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ ކޯލީޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއްނެތި އޭނާ ވަކާލާތުކުރެއްވިކަމަށާއި މިއަދު އޭނާ މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހް ހިމެނޭހެން ކޯލީޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތްކަމުގައިވެސް ޝިދާތާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް