އެމްޑީޕީން އުޅެނީ އިދިކޮޅުގެ އިހުތިޖާޖް ކަމުދާތީ ހަރާބު ކުރަން: ޝިޔާމް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އުޅެނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މުޒާހަރާތައް ކަމުދާތީ ހަރާބު ކުރަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް މިހެން ...

06 Feb 2021 | 08:11

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އުޅެނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މުޒާހަރާތައް ކަމުދާތީ ހަރާބު ކުރަން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމްއިން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ އެމަނިކުފާނަށް ހަމަލާ ދޭން އުޅުމަކީ މުޒާހަރާ ކުރުން ނޫން ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވުމުންނެވެ. ދޮންބިލެތް ވިދާޅުވީ ނަޝީގެ ގަޔަށް ބޮލަށް އެރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލުއި ލިބޭނެ ކަމެއް ނޫން ކަމަށެވެ.

ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕީޕީއެމްއަކީ ކުރާ ކަމެއް ވަރަށް ރީތިކޮށް ކުރާ ބައެއް ކަމަށެވެ. އެމްޑީޕީ އެކްޓިވިސްޓުން ލައްވާ އެމްޑީޕީގެ ލީޑަރުން ކުރުވާ ކަހަލަ ކަންކަން ޕީޕީއެމްއިން ނުކުރާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން އުޅެނީ ވާދަވެރިންގެ އިހުތިޖާޖުތައް މާ ކަމުދާތީ ހަރާބު ކުރައްވަން ކަމަށެވެ. އަދި ރައީސް ނަޝީދަކީ ޕީޕީއެމްއިން ނަމޫނާއަކަށް ބަލާވަރު ބޭފުޅެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

https://twitter.com/Shiyamaldives/status/1357957930788679680

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް