އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑރ. މުރާދަކީ ބަލިމީހުންގެ އިތުބާރު ބޮޑު ޑޮކްޓަރެކެވެ. އަދި މިދިޔަ އަހަރުގެ ކޯވިޑް-19 ލޮކްޑައުން ތެރޭގައި ޑރ. މުރާދު ވަނީ ކޯވިޑް-19 އާއި ގުޅިގެން އާންމުންނަށް މައުލޫމާތު ދެއްވުމަށް ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
އޭނާ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ހުންނެވީ ކޯވިޑަށް ޕޮސިޓިވް ވެގެން އައިސޮލޭޝަންގައި ކަމަށެވެ. ޑރ. މުރަދު ވަނީ ބަލިން ރައްކާތެރިވުމަށް ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައި އެވެ.
ޑރ. މުރާދު އަދި ކޯވިޑް ވެކްސިނެއް ނުޖަހައެވެ. އާއިލާ އާއި ރަހުމަތްތެރިން އޭނާ ކޯވިޑް ވެކްސިން ޖަހާ ފޮޓޯއެއް އާންމުން ކުރުން ލަސްވެގެން ވާހަކަ ދައްކަމުންދާ ކަމަށެވެ.
ކޯވިޑް-19 ވެކްސިން ޖަހާނީ ބަލިން ރަނގަޅުވުން ކަމަށް ބުނެފައިވެ އެވެ. ޑރ. މުރާދު ވެކްސިން ޖެހުން ފަސް ކުރެއްވީ ޕޮސިޓިވް ވުމުންނެވެ.
ކޯވިޑް ވެކްސިން ދިނުމުގައި އިސްކަން ދެމުންދަނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށާއި އެކި ދާއިރާތަކުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ވެކްސިން 4،000 އަށްވުރެ ގިނަ މީހުންނަށް ދީފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 16،547 މީހުންނަެވެ. އޭގެ ތެރެއިން54 މީހުން މަރުވެފައިވާއިރު 14،472 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް