ފުލުހުންނަށް ވެކްސިން ދޭން ފަށައިފި، އިއްޔެ 108 ފުލުހަކަށް ވެކްސިން ދިން

ފުލުހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. ފުލުހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފެށީ އިއްޔެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 108 ފުލުހަކަށް އިއްޔެ ކޯވިޑް ވެ...

06 Feb 2021 | 05:11

ފުލުހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

ފުލުހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފެށީ އިއްޔެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 108 ފުލުހަކަށް އިއްޔެ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒި ދީފައިވާ ކަމަށެވެ.

ފުލުހުންނަށް ކޯވިޑް ވެކްސިން ދޭން ފެށުމަކީ ރައްާތެރިކަމުގެ ފިޔަވަޅާއި އެކު ތރައްޔިތުންނަށް ހިދުމަތް ކުރުމަށް އެޅޭ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ބުނެ އެވެ.

ފުލުހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިފައިންނަށް ވެކްސިން ދަނީ ދެމުންނެވެ. އަދި އެއާޕޯޓުގެ އެކީ ދާއިރާތަކުގެ މުވައްޒަފުންނާއި ޓީޗަރުންނާއި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ދޭން ވަނީ ފަށާފައި އެވެ.

https://twitter.com/PoliceMv/status/1357911029376667648

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި ވެކްސިން ދިނުމަށް ބޭނުން ކުރަމުންދަނީ އިންޑިއައިން ހަދޔާ ކުރި ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް