އަދުގެ މުޖުތަމަޢުގައި ދުންފަތުގެ އިސްތިޢުމާލުކުރމަކީ ވަރަށް އާންމު ކަމެކެވެ. ފިރިހެނުން އެކަންޏެއް ނޫނެވެ. އަންހެނުންވެސްމެއެވެ. ކޮފީ ތަކަށް އަރާލާ ޝީޝާ ބޯލުމަކީ ސްޓައިލަކަށް ވެއްޖެއެވެ.
ދެން މިއޮތީ އެފަދަ މީހުންނަ އިނދެގެން އުޅޭ މީހުންގެ ޝަކުވާއެވެ. ހަމަ ކިޔާކިޔާވެސް ސިނގިރެޓް ބުއިން ނުހުއްޓާ ވާހަކައެވެ. މިކަންވެސް އެންމެ އާންމީ ފިރިހެނުންގެ ތެރޭގައެވެ. ދަރިން ކުރިމަތީގައިވެސް ބޮނީއެވެ. އެކަމަކު އެ ދަރީން ސިނގިރެޓް ބޯ ދަރިންނަށް ވާކަށް ބޭނުމެއް އެކަކުވެސް ނުވެއެވެ.
މެންޓަލް ވެސްނެސް ސެންޓަރއެއްގެ ޑިރެކްޓަރ އަދި ސީނިއާ ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑޮކްޓަރ އިޝިތާ މިކަމާމެދު ބުނެފައިވަނީ ކައިވެނީގެ ގޮށް ޖަހާލަނީ ދެމީހުންގެވެސް ގޯސް ކަންތައްތަކެއް ހުންނާނެކަންވެސް އެނގި ހުރެ އެކުގައި ދިރިއުޅުމަށް ކަމަށެވެ. އެހެން ކަމުން ސިނގިރޭޓް ބޯން އެ މެދުވެރިވާ ސަބަބުތައް ބެލުމަށް ފަހުގައި ނުވަތަ އެންމެ ގިނައިން ސިނގިރެޓް ބޮނީ ކޮން ވަގުތެއްގައިތޯ ބަލައި ހެދުމަށެވެ. އަދި އެ ގަޑިތަކަށް ވިސްނާ އެކިއެކި ކަންކަމުގައި ފިރިމީހާ އެންގޭޖެކޮށް ބެހެއްޓުމަށް ލަފާދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް