2020 ވަނަ އަހަރަކީ ރިއާއަށް ވަރަށް ހިތްދަތި އަހަރަކަށް ވެފައިވާއިރު ޕަޕަރާޒީންގެ ސުވާލަކަށް ޖަވާބު ދެމުން ރިއާ ބުނީ "އަހަރެން މިހާރު ދަނީ ރަނގަޅު ވަމުން" ކަމުގައެވެ.
ޕަޕަރާޒީން ރިއާއާ ސުވާލުކޮށްފައި މި ވަނީ ރިއާއަށް ދިމާވި ހިތްދަތި ދުވަސްތަކަށް ފަހުގައި މި ހިނގާ އަހަރު އަނެއްކާވެސް އޭނާ ޖިމަށް ގޮސް ނިންމާފައި ނިކުތް ވަޤުތުގައެވެ.
އެގޮތުން ޖިމުން ނިކުމެ ރިއާ އޭނާގެ ކާރާ އަރާ ހަމަވެ ފެންފުޅިއެއް ނެގި ގަޑީގައި ކުރި ސުވާލަށް ރިއާ މި ދިން ޖަވާބުން ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ ރިއާއަށް އަމާޒުވެފައެވެ.
ރިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުން ސުޝާންތް މިދިޔަ އަހަރުގައި އޭނާ ދިރިއުޅުނު ފްލެޓްގައި ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުން ފަހުން ރިއާއަށް ވަނީ ވަރަށް ގިނަ ތުހުމަތުތަކެއް އާންމުންނާއި އަދި ސުޝާންތުގެ ޢާއިލާއިންވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް