އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ޝާހިދު ބައިވެރިވެވަޑައިގެންނަވަނީ

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނަވާ ގޮތަށް ހަމަޖައްސައިފި އެވެ. މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބޭއްވުމަށް ހަމަޖެހިފައިވަނީ އެހެން އަހަރު ތަކ...

06 Feb 2021 | 04:39

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބޭއްވުމަށް ހަމަޖެހިފައިވަނީ އެހެން އަހަރު ތަކެކޭ އެއްގޮތަށް އިންޑިއާގެ ޕޫނޭގައި އެވެ. މި ބައްދަލުވުމަކީ ޕޫނޭ އިންޓަނޭޝަނަލް ސެންޓަރުން އިންތިޒާމް ކުރާ ބައްދަލުވުމެކެވެ.

މި ޑައިލޮގްގައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއީ ވިޔަފާރީގެ ދާއިރާއިން މުހިންމު ފުރުސަތުތަކެއް ފަހިގެންދާ ބައްދަލުވުމެކެވެ. އޭޝިއާ އިކޮނޮމިކް ޑައިލޮގަކީ އިންޑިއާއިން އިސްނަގައިގެން އޭޝިއާގެ ގައުމުތައް ބައިވެރިވެގެން ކުރިޔަށް ގެންދާ ވިިޔަފާރިއާ ގުޅޭ ވާހަކަތަކެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، ވިއެޓްނާމް، އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. މި ބައްދަލުވުމުގައި ގައުމުތަކުގައި ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ކުރިޔަށް ދާނެ މަގުފަހި ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވިޔަފާރީގެ ތަޖުރިބާކާރުން ހިޔާޅު ބަދަލުކޮށް މަޝްވަރާ ކުރާނެ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ބައިވެރިވެވަޑައިގެންނަވާކަން ހާމަ ކުރުން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް އަދި ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 26-28 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް