ޖެކޮލިން ޕްރިޔަންކާ ޗޯޕްރާގެ ކުރީގެ ގެއަށް ބަދަލުވެއްޖެ

ބޮލީވުޑްގެ މަޝްހޫރުތަރި އަދި އާންމުންގެ ލޯބި އިންތިހާއަށް ހޯދާފައިވާ ޖެކޮލިން ފެނާންޑޭޒް ގެޔެއް ގަނެފިއެވެ. ޖެކޮލިން ގަނެފައިވާ ގެޔަކީ ބޮލީވުޑްއާއި އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ކުރި...

06 Feb 2021 | 04:36

ބޮލީވުޑްގެ މަޝްހޫރުތަރި އަދި އާންމުންގެ ލޯބި އިންތިހާއަށް ހޯދާފައިވާ ޖެކޮލިން ފެނާންޑޭޒް ގެޔެއް ގަނެފިއެވެ.

ޖެކޮލިން ގަނެފައިވާ ގެޔަކީ ބޮލީވުޑްއާއި އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ކުރިން އުޅުނު ގެ ކަމުގައި ބޭރުގެ ނޫސްތަކުން ބުނެފައިވެއެވެ.

އެގޮތުން ޖެކޮލިން މިފަހަރު މި ގަތް ގެޔަކީ އޭނާގެ ޑްރީމް ހައުސް ކަމަށްވެއެވެ. ރިޕޯޓް ތަކުން ބުނާ ގޮތުގައި މި ގެޔަކީ ޕްރިޔަންކާ  އޭނާގެ ފިރިމީހާއާ ނިކް ޖޯނަސް އާއެކު ކައިވެނީގެ ގޮށް ޖަހާލިއިރު 2018 ވަނަ އަހަރު ދިރިއުޅެމުން ދިޔަ ގެ ކަމުގައެވެ.

ޖެކޮލިން ގަތް ގޭގެ އަގަކީ 7 ކުރޯޑް ރުޕީސް ކަމުގައިވެސް ރިޕޯޓްތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް