މާލެ ސަރަހައްދުގައި އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން މިއަދު ކުރިއަށް ދާނެއެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުން ވެކްސިން ޖަހަން ވަޑައިގަންނަވަން 3 ތަނެއް ހާއްސަ ކުރެވިފައި ވެއެވެ.
ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލެ ފްލޫ ކްލިނިކް ހުރި އިމާރާތު) ގައި މިއަދު ހެނދުނު09:00 އިން ހަވީރު 17:00 އަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވާއިރު، ވިލިމާލެ ޔޫތް ސެންޓަރުގައި ވެކްސިން ދޭނީ 09:00 އިން ފެށިގެން 13:00 އަށެވެ.
ވެެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރާ ކަންތައްތަކަކީ:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
• ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން ހިމެނެއެވެ.
ރާއްޖޭގައި މިހާތަނަށް 4269 މީހުނަށް ވެކްސިން ދީފައި ވެއެވެ. އެއީ މާލެ ސަރަހައްދުން 3573 މީހުންނާއި އަތޮޅުތަކުން 696 މީހުންނެވެ.
ރާއްޖޭގައި ފުރަތަމަ ކޯވިޑް ވެކްސިން ދޭން ފެށީ ކުޅުދުއްފުށީ، މާލެ އަދި އައްޑޫ ސިޓީގައި އެވެ. ރާއްޖޭގައި ޖަހަމުންދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް