މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާއާ ގުޅިގެން "މިނާ އިންވެސްޓްމަންޓް" ސަސްޕެންޑްކޮށްފި

މި މަހުގެ 4 ވަނަދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާއާ ގުޅިގެން "މިނާ އިންވެސްޓްމަންޓް" އާއި ހާދިސާގައި އެ އޮޕަރޭޝަންގައި މަސައްކަތް ކުރަމުން ދިޔަ އެ ކުންފުނީގެ މުވައްޒަފުން ސަސްޕެންޑްކޮ...

05 Feb 2021 | 19:00

މި މަހުގެ 4 ވަނަދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާއާ ގުޅިގެން "މިނާ އިންވެސްޓްމަންޓް" އާއި ހާދިސާގައި އެ އޮޕަރޭޝަންގައި މަސައްކަތް ކުރަމުން ދިޔަ އެ ކުންފުނީގެ މުވައްޒަފުން ސަސްޕެންޑްކޮށްފިއެވެ.

https://twitter.com/Portmv/status/1357758317745983488

ޖަނަވަރީ4 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހާދިސާއެއްގައި 'މިނާ އިންވެސްޓްމަންޓް' ކްލިއަރެންސްގެ މަޖޫރީއަކަށް ވަނީ ސީރިއެސް އަނިޔާތަކެއް ލިބިފައެވެ. އަދި މި ހާދިސާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

އެމްޕީއެލްގެ ނޫސްބަޔާނުގައި ވަނީ، މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށާއި، މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޕީއެލް އިން ވަކި އެއްޗެން އަންގަންދެން 'މިނާ އިންވެސްޓްމަންޓް' އާއި ހާދިސާގައި އެ އޮޕަރޭޝަންގައި މަސައްކަތް ކުރަމުން ދިޔަ އެ ކުންފުނީގެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވާއިރު، މިފަދަ ކަންކަމުން ރައްކާތެރި ވުމަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމުގރ މަސައްކަތް ކުރަމުން ދާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް