ބަޔަކު ވަދެފައި ނުވާކަން ޔަގީންވުމުން މާފުށި ޖަލު އާންމު ހާލަތަށް ގެނެސްފި

މާފުށި ޖަލު އާންމު ހާލަތަށް ގެނެސްފި އެވެ. ރާއްޖޭގެ މައި ޖަލު މިރޭ ކުއްލި ގޮތަށް ކުއްލި ހާލަތަށް ގެނައީ ގަވައިދާ ހިލާފަށް ޖަލަށް ބަޔަކު ވަތް ކަމުގެ މައުލޫމާތު ލިބިގެންނެވެ. މި މައްސަލައިގަ ކަރެކްޝަންސ...

06 Jan 2021 | 17:30

މާފުށި ޖަލު އާންމު ހާލަތަށް ގެނެސްފި އެވެ.

ރާއްޖޭގެ މައި ޖަލު މިރޭ ކުއްލި ގޮތަށް ކުއްލި ހާލަތަށް ގެނައީ ގަވައިދާ ހިލާފަށް ޖަލަށް ބަޔަކު ވަތް ކަމުގެ މައުލޫމާތު ލިބިގެންނެވެ. މި މައްސަލައިގަ ކަރެކްޝަންސްއިން ފުލުހުންގެ އެހީތެރިކަމަށް އެދުނެވެ.

ފުލުހުން ބުނީ ކަރެކްޝަންސްގެ އޮފިސަރުންނާއި ފުލުހުން ގުޅިގެން މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔައީ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި ޖަލުން އެއްވެސް މީހަކު މަދު ނޫންކަން ޔަގީން ކުރި ކަމަށް ކަރެކްޝަންސް އާއި ހަވަލާދީ ފުލުހުން ބުންޏެވެ.

އޭގެ ފަހުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ވިދާޅުވީ ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަތް ކަމުގެ މައުލޫމާތު ލިބިގެން ބެލި ބެލުމުން އެއްވެސް ފަރާތެއް ޖަލު ސަރަހައްދަށް ވަދެފައި ނުވާ ކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ގައިދީއެއް ޖަލުން ފިލާފައި ނުވާކަންވެސް ކަށަވަރުކޮށްފައިވާ ކަމަށެވެ.

އެހެންވެ މާފުށި ޖަލު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް ވިދާޅުވި އެވެ. އެއީ މިރޭ ގާތްގަނޑަކަށް 10:11 ހާއިރު އެވެ.

https://twitter.com/ahumadhumohamed/status/1346867031300136960

މާފުށި ޖަލަކީ ވަރަށް ސެކިއުރިޓީ ވަރުގަދަ އަދި ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ތަނެކެވެ. އެކަމަކު މަދުން ނަމަވެސް އެތަނުން ގައިދީން ފިލުމާއި ގަވައިދާ ހިލާފަށް ތަކެތި ވެއްދުމުގެ މައްސަލަތައް ފެންމަތިވެ އެވެ.

މި ފަހަކުން ވަނީ ފުރަތަމަ ފަހަރަށް ގަވައިދާ ހިލާފަށް ޑްރޯން ބޭނުން ކޮށްގެން ޖަލަށް ތަކެތި ވައްދަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް