ކޯވިޑް-19 އަށް އިތުރު 37 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 26 މީހުންނާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ހަތް މީހެކެވެ. ދެން ޕޮސިޓިވް ވެފައިވަނީ ސަފާރީތަކުން ތިން މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން އެކަކެވެ.
އެޗްޕީއޭއިން އާންމު ކުރަމުންދާ މައުލޫމާތަށް ބަލާއިރު މާލެ އާއި ރިސޯޓުތަކުގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުން އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ރިސޯޓުތަކުން ޕޮސިޓިވްވާ މީހުންގެ ތެރޭގައި ޓޫރިސްޓުން ހިމެނޭއިރު އެމީހުންނަށް ހިދުމަތްދޭ މުވައްޒަފުންވެސ ޕޮސިޓިވްވެ އެވެ.
މިދިޔަ ތިން ދުވަހު އާންމުކޮށްފައިވާ ކޯވިޑްގެ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެ މާލެ ސަރަހައްދުން 20 މީހުން އަދި އޮޕަރޭޓް ކުރާ ރިސޯޓުތަކުން 15 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މިދިޔަ ހޯމަ ދުވަހު މާލެ ސަރަހައްދުން 11 މީހުން އަދި އޮޕަރޭޓް ކުރާ ރިސޯޓުތަކުން 11 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 2،444 ސާމްޕަލެވެ.
މިވަގުތު ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނީ 687 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 13،225 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 48 މީހުންނެވެ.
މިހާތަނަށްރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި އަދަދު މިއަދު ވަނީ 13،967 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް