މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސްފި އެވެ.
ފުލުހުން ބުނީ ކަރެކްޝަންސް އާއި ގުޅިގެން ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށެވެ. އެކަމަކު މިހާތަނަށް ޖަލުގެ ގޮޅިއަކުން އެއްވެސް މީހަކު މަދުކަން ފާހަގަ ވެފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައި ވާ ކަމަށެވެ. އެކަމަކު ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދޭ ކަމަށް ވިދާޅުވި އެވެ.
ޖަލު ކުއްލި ހާތަލަށް ގެނައި މިރޭ ގާތްގަނޑަކަށް 8:45 ހާއިރު އެވެ.
https://twitter.com/ahumadhumohamed/status/1346846901132382209
މާފުށި ޖަލަކީ ވަރަށް ސެކިއުރިޓީ ވަރުގަދަ އަދި ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ތަނެކެވެ. އެކަމަކު މަދުން ނަމަވެސް އެތަނުން ގައިދީން ފިލުމާއި ގަވައިދާ ހިލާފަށް ތަކެތި ވެއްދުމުގެ މައްސަލަތައް ފެންމަތިވެ އެވެ.
މި ފަހަކުން ވަނީ ފުރަތަމަ ފަހަރަށް ގަވައިދާ ހިލާފަށް ޑްރޯން ބޭނުން ކޮށްގެން ޖަލަށް ތަކެތި ވައްދަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް