ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ ބައިވެރިން، ރަން މި މަހުގެ 8 ގަ

މި މަހުގެ 8 ވާ ހުކުރު ދުވަހު އޮންނަ ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް...

06 Jan 2021 | 15:03

މި މަހުގެ 8 ވާ ހުކުރު ދުވަހު އޮންނަ ރައްކާ ރޯޑް ސޭފްޓީ ރަންގައި 800 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ހިމެނޭ ފުރަތަމަ ހަރަކާތް، ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހަމަވެފައިވަނީ އިއްޔެ އެވެ.

ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އިރު، އިއްޔެގެ ނިޔަލަށް 850 މީހުންވަނީ ބައިވެރިވެފައެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ރައްކާ ރޯޑް ސޭފްޓީ ރަން އޮންނާނީ ޖެނުއަރީ 8 ވަނަ ދުވަހުގެ 16:00 ގައި ހުޅުމާލޭގައެވެ.

މިދުވުން ޖެނުއަރީ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާއިރު، މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް