މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފި އެވެ.
މި ދައުވާ ސާބިތުވެގެން ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި އެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑު އެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލައިގެ ހުކުމް ކުރުން މިމަހުގެ 14 އަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
https://twitter.com/Ameenfaisall/status/1346773879000162305
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް