ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑު އަޅައި ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕްޓްރޯލް ޝެޑު އަޅައި ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ ޕެޓްރޯލް ޝެޑު އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 7...

06 Jan 2021 | 08:54

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕްޓްރޯލް ޝެޑު އަޅައި ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ ޕެޓްރޯލް ޝެޑު އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 7،327.20 އަކަފޫޓާއި 10،179.31 އަކަފޫޓުގެ ދެ ބިން ކަމަށެވެ. މި ޕެޓްރޯލް ޝެޑުތައް ހެދުމަށް ހަަމަޖެހިފައިވަނީ ޒަމާނީ ފެންވަރަށް އިތުރު ހިދުމަތްތަކަކާއި އެކު އެވެ.

އެގޮތުން 7،327.20 އަކަފޫޓުގެ ބިމުގައި އަޅާ ޕެޓްރޯލް ސްޓޭޝަންގައި ކާރު ދޮންނަ ތަނެއް ހަދާނެ އެވެ. އަދި 10،179.31 އަކަފޫޓުގެ ބިމުގައި އަޅާ ޕެޓްރޯލް ޝެޑުގައި ފުރޮޅު ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތް ކުރެވޭނެ ގަރާޖެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ދެ ޕެޓްރޯލް ޝެޑުންވެސް ސެލްފްސާވިސްގެ ޙިދުމަތާއި ފުރޮޅަށް ވައި ޖެހުމުގެ ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި ގިނަ އަދެއްދެއްގެ އާއްމު ރައްޔިތުންގެ ދިރިއުޅުން އެތަނަށް ބަދަލު ކުރަމުންދާއިރު ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޙިދުމަތްތައް ގާއިމްކުރުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް