އަމިއްލަ އެދުން ބޮޑު މީހުންނާމެދު ކަންތައްކުރާނީ މިހެން

އަމިއްލަ އެދުން ބޮޑުވުމަކީވެސް ބައްޔެކެވެ. ގިނަ ފަހަރަށް މީހުންނަށް އެކަން އެގޮތަށް ކުރެވެނީ އޭގައި ފޮރުވިފައިވާ އެހެންމީހުންނަށް އެނގިފައިނުވާ އެތަށް ސަބަބުތަކެއް މެދުވެރިވެގެންނެވެ. އެހެންކަމުން މީހ...

06 Jan 2021 | 08:27

އަމިއްލަ އެދުން ބޮޑުވުމަކީވެސް ބައްޔެކެވެ. ގިނަ ފަހަރަށް މީހުންނަށް އެކަން އެގޮތަށް ކުރެވެނީ އޭގައި ފޮރުވިފައިވާ އެހެންމީހުންނަށް އެނގިފައިނުވާ އެތަށް ސަބަބުތަކެއް މެދުވެރިވެގެންނެވެ. އެހެންކަމުން މީހަކު ފެންނަ އިރަށް އެއީ އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައި ޖަޖުކޮށް އޭނާ ބާކީ ކޮށްލުމުގެ ކުރިން އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި މީހުންނަށް ހެޔޮކޮށް ހިތަން އަންގަވާފައިވާކަން ހަނދާންބަހައްޓަމާ ހިނގާށެވެ. އެގޮތުން އެފަދަ މީހުންނާމެދު ކަންތައްތައް ކުރާނެގޮތްތައް ބަލައިލަމާ ހިނގާށެވެ.

އޭނާ ދެނެގަންނަން މަސައްކަތް ކުރާށެވެ.

އެހެންމީހުންނާމެދު ވިސްނުމެއްނެތި އެހެން މީހުންގެ އިޙުޞާސްތަކަށް ބެލުމެއްނެތި ވާހަކަ ދެއްކުމާއި އަދި ކަންތައްތައް ކުރާ މީހަކާ ތިބާއާ ދިމާވެއްޖެ ނަމަ އޭނައާމެދު ރަނގަޅަށް ކަންތައްކުރާށެވެ. ތިބާ އޭނާގެ ދަރަޖައަށް ނުވެއްޓި އޭނާ އެގޮތަށް ކަންތައްކުރާ ސަބަބު ދެނެގަންނަން މަސައްކަތް ކުރާށެވެ. އެގޮތުން އޭނާއާ ހެޔޮހިތުން ވާހަކަ ދައްކާލައި ތިބާގެ ބައެއް ކަންތައްތައް ޙިއްސާކޮށްލާށެވެ. ދިރާސާތަކުން ދައްކާގޮތުގައި ތިބާގެ ބައެއް ވާހަކަތައް އެފަދަ މީހުންނާ ޙިއްޞާކޮށްހެދުމުން އެމީހުންނަށް ތިބާއަށް އިތުބާރުކުރަން ފަސޭހަވެގެންދެއެވެ.

ޒާތީ ކަމެއްގެ ގޮތުގައި އެކަން ނުނަގާށެވެ.

މީހަކު ކަންތައްކުރާ ގޮތެއްގެ ސަބަބުން ނުވަތަ މީހަކު ދައްކާ ވާހަކައެއް މާބޮޑަށް ޒާތީ ކަމަކަށް ހަދައިގެން އެކަމަށް ޙަޞަދަލައިގެން އުޅުމަކީ ތިމާވެސް އެމީހާގެ ދަރަޖައަށް ވެއްޓޭ ކަމެކެވެ. އެހެންކަމުން ތިމާ ހިތްހަމަ ނުޖެހުނަސް އަދި ދެރަވާފަދަ ގޮތަކަށް އަނެކާ ވާހަކަ ދެއްކިނަމަވެސް އޭނާއަށް ރަނގަޅަށް ކަންތައްކޮށްދީ އޭނާ އުފާވާނެފަދަ ވާހަކައެއް ދެއްކުމަށްފަހު އެތަނުން ދާށެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަންކަން ޒާތީކޮށްގެން އުޅޭ މީހުންނަށް އަބަދުވެސް ވާނީ މީހުންނަށް ރައްދު ދޭވަރެވެ. އެހެންކަމުން އެފަދަ މީހުންނަށް ގިނަ ދުވަހަށް ގުޅުންތައް ދަމަހައްޓަން ދަތިވެއެވެ.

އަމިއްލަ އެދުން ބޮޑުވުމަކީ ބައެއް ފަހަރު ރަނގަޅު ކަމެއްކަން ހަނދާނުގައި ބެހެއްޓުން

އަމިއްލަ އެދުން ބޮޑުވުމަކީ ގޯސް ކަމަކަށްވާ ފަދައިން ބައެއް ފަހަރު އެއީ ވަރަށް ރަނގަޅު ކަމަކަށްވާ ފަހަރުވެސް އާދެއެވެ. އަމިއްލަ އެދުން ބޮޑުވި ނަމަވެސް އެހެންމީހުންގެ އިޙުޞާސްތައް ދަނެ އަދި އެހެންމީހުންނާ އަޅާލާނަމަ އެއީ ރަނގަޅު ފާލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް