މާލޭގައި ގޭސް ލީކުވެގެން އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކު ފިހިއްޖެ

ހ. ތިން ނޫނު ގޭ ފަސް ފަނަ ފަންގިފިލާގައި ކައްކާ ގޭސްފުޅިއަކުން ގޭސް ލީކުވެފައި ހުއްޓަ އުނދުން ރޯކުރުމުން އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީ...

06 Jan 2021 | 08:25

ހ. ތިން ނޫނު ގޭ ފަސް ފަނަ ފަންގިފިލާގައި ކައްކާ ގޭސްފުޅިއަކުން ގޭސް ލީކުވެފައި ހުއްޓަ އުނދުން ރޯކުރުމުން އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމަށް ކޮށްފައިވަނީ މެންދުރު 12:13 ގައި އެވެ. އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ގެއަށް ދިޔަ އިރު އެގޭ މީހުން އަލިފާން ނިވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި ދެ ފިރިހެނަކު ފިހުނެވެ. އެ ދެމީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފުން ބުނީ އެމީހުން ހާދިސާގެ ރިޕޯޓު ކުރީ އަލިފާން ނިވާލުމަށް ފަހު ހޮސްޕިޓަލަށް ދަމުން ކަމަށެވެ.

ހާދިސާ ހިނގާފައިވަނީ ގޭސް ފުޅިއާއި ގުޅާފައި އިން ނަޓެއް ދޫވެފައި އިނުމުން ގޭސް ލީކުވެގެން ނެވެ.

އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ގޭގައި ހަކަރާތްތެރިވެ އިތުރަށް އެކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް