ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ މަންމަ ނިޔާވެއްޖެ

އިދިކޮޅު ޕީއެންސީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲގެ މަންމަ ލ. ފޮނަދޫ، ބަނަފްސާގޭ މަރިޔަމް އަހުމަދު ނިޔާވެއްޖެ އެވެ. އަދުރޭގެ މަންމަ މަރިޔަމް...

06 Jan 2021 | 05:49

އިދިކޮޅު ޕީއެންސީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲގެ މަންމަ ލ. ފޮނަދޫ، ބަނަފްސާގޭ މަރިޔަމް އަހުމަދު ނިޔާވެއްޖެ އެވެ.

އަދުރޭގެ މަންމަ މަރިޔަމް ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައި އެވެ.

އަދުރޭގެ މަންމަ ނިޔާވުމުން ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ އަދުރޭގެ އާއިލާއަށް ކުރިމަތިވެފައިވާ މިފުން ހިތާމައިގައި ކޯލިޝަންގެ އެންމެހާއި މެމްބަރުން ބައިވެރިވާ ކަމަށެވެ.

އަދި އަދުރޭ އާއި އަދުރޭގެ އާއިލާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އާއި ކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެމްބަރުންނާއި، ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނާއި، ދެ ޕާޓީގެ މެމްބަރުންގެ ނަމުގައި ތައުޒިއްޔާ ދަންނަވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދުރޭގެ މަންމަ އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ފައިސަލްއާއި ޕީއެންސީގެ ކައުންސިލް މެމްބަރު އަބްދުލްހަސީބުގެ މާމަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް