ޔޫޓާގައި 23 އަހަރުގެ ފިރިހެނަކު އޭނާގެ މަންމަ މަރާލުމަށްފަހު މަންމަގެ ފުރާނަނެތް މަސްގަނޑޫ ކައިރީގައި ނަށައިފިއެވެ.
23 އަހަރުގެ މި ފިރިހެނާ އޭނާގެ މަންމަ މަރާލާފައިވަނީ ރޭގަނޑޫގެ ކެއުމަށް ތައްޔާރުވެ ކާމޭޒުދޮށުގައި ތިބެއެވެ. މަންމަ މަރާލުމަށްފަހުގައި އޭނާއާއި 14 އަހަރުގެ އަންހެން ކޮށްކޮއާ ދެބެން ވެގެން ވަނީ މަންމަގެ މަސްގަނޑު ކައިރީގައި ނަށާފައި ކަމަށް ޔޫތާގެ ކޯޓުން ބުނެފައިވެއެވެ.
ޑިސެމްބަރ 23 ވަނަ ދުވަހު މައިކް ލޮޕޭޒް ގެއަށް އައީ މަރުއާނާ ބޭނުންކޮށްގެން ކަމަށާއި އަދި އޭނާ ގެއަށް އައި އިރުގައި 43 އަހަރުގެ އޭނާގެ މަންމައާއިއ އަދި އުމުރުން 14 އަހަރާއި 17 އަހަރުގެ 2 ކޮށްކޮވެސް މަންމަ ކައިރީގައި ތިއްބައި ކަމަށް މަޢުލޫމާތު ލިބެއެބެ.
އަދި މަންމަ ކުރިމައްޗަށް ހުއްޓި ބަޑިޖަހައި މަންމަ މަރާލީއެވެ.
އެއަށްފަހު 14 އަހަރުގެ ކޮށްކޮ ވަނީ މައިކް އާއެކު ނަށާފައި ކަމަށާއި އަދި 17 އަހަރުގެ ކޮށްކޮ ވަނީ ބިރުން ފާހާނައަށް ވަދެ ތަޅުލާފައެވެ. އެއަށްފަހު ފާހާނާގައި އިން ކުޑަކުޑަ ދޮރަކުން ސަލާމަތްވެގެން ނިކުމެ ޕޮލިހަށް މިކަމުގެ ހަބަރު ދީފައެވެ.
ޕޮލިހުން އިތުރަށް ބުނެފައިވަނީ ސުވާލުކުރުމުން މައިކް ގެ ޖަވާބަކީ އޭނާ އެކަން ކުރީ މީހަކު ބުނެގެން ކަމަށެވެ. އަދި14 އަހަރުގެ ކުއްޖާ އާ ސުވާލުކުރުމުން އޭނާ ރިއެކްޓް ކުރީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ.
މައިކްގެ17 އަހަރުގެ ކޮށްކޮއާ ސުވާލުކުރުމުން މައިކް އާއި އަދި14 އަހަރުގެ ކޮށްކޮ ފަހަކަށް އައިސް ތަފާތު ޑްރަގްތައް ނަގަމުންދާ ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް