ސޯޝަލް މީޑިއާގައި ޖަވާބު ނުދޭ ދިލްޖީތަށް ޓެކްސް ނުދައްކައޭ ބުނުމުން މަޑަކުން ނުހުރެވުނު

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތް ދޯސަންޖް ދައުލަތަށް ޓެކްސް ނުދައްކާ ކަމަށް ސޯޝަލް މީޑިއާގައި ކިޔަން ފެށުމުން އޭނާ ރުޅިގަދަ ވެއްޖެ އެވެ. ދިލްޖީތަކީ އޭނާ ލަވަތަކާއި ޕްރޮމޯޝަންތަކާއި އެނޫން...

06 Jan 2021 | 05:07

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތް ދޯސަންޖް ދައުލަތަށް ޓެކްސް ނުދައްކާ ކަމަށް ސޯޝަލް މީޑިއާގައި ކިޔަން ފެށުމުން އޭނާ ރުޅިގަދަ ވެއްޖެ އެވެ.

ދިލްޖީތަކީ އޭނާ ލަވަތަކާއި ޕްރޮމޯޝަންތަކާއި އެނޫންވެސް ދިރިއުޅުނުމުގައި އާންމުކޮށް ހިނގާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާއި ހިއްސާ ކުރާ ލަވަކިޔުންތެރި އެކެވެ. އެކަމަކު އޭނާ މަޝްހޫރުވެފައިވަނީ އާންމުން ކިތަންމެ ވަރަކަށް ސުވާލެއް ކުރިޔަސް ނުވަތަ އޭނާ އާއި ދެކޮޅަށް ވާހަކަ ދެއްކިޔަސް ރައްދު އަދި ޖަވާބު ނުދޭ މީހެއްގެ ގޮތުގައި އެވެ.

އެކަމަކު މިފަހަރު ދިލްޖީތަށް މަޑުން ނުހުރެވޭވަރުގެ ވާހަކައެއް ސޯޝަލް މީޑިއާގައި ވަނީ އޭނާ އާއި ދެކޮޅަށް ފަތުރާފައި އެވެ.

ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާގައި ބަޔަކު ވަނީ އޭނާ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތު ކޮށްފައި އެވެ. އަދި ގަވައިދުން ދައުލަތަށް ޓެކްސް ނުދައްކާ ތަރިންގެ ތެރޭގައި ދިލްޖީތް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

މި ތުހުމަތުތަކާއި ގުޅިގެން ދިލްޖީތް ވަނީ ރުޅިގަދަވެގެން ގަވައިދުން ބަރާބަރަށް ޓެކްސް ދައްކާފައިވާކަން އަންގައި ދިނުމަށް އިންޑިއާގެ ފިނޭންސް މިނިސްޓްރީ ދޫކޮށްފައިވާ ސެޓްފިކެޓް އާންމުކޮށްފައި އެވެ. އޭނާ ބުނީ އެގޮތަށް ރައްދު ދީ ހެކި ދެއްކުމަކީ އޭނާ ކުރަން އެއްގޮތަކަށްވެސް ބޭނުން ނުވާ ކަމެއް ކަމަށެވެ.

އެކަމަކު އޭނާ އަކީ އިންޑިއާގެ ރައްޔިތެއް ކަމާއި ޓެކްސް ނުދައްކާ ކަމާއި މެދު ސުވާލުއުފައްދަން ފެށުމުން ރައްދުދޭން މަޖުބޫރުވީ ކަމަށެވެ.

ދިލްޖީތް ވަރަށް ފަހުން އިންޑިއާގައި ދަނޑުވެރިން ކުރަމުންދާ މުޒާހަރާގައި ބައިވެރިވެ އެމީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައި އެވެ. އަދި އޭނާ ވަނީ ދަނޑުވެރިންނަށް މުޒާހަރާ ކުރާ ދަނޑުވެރިންނަށް އެއް ކްރޯޑު އިންޑިއަން ރުޕީސް އެހީގެ ގޮތުގައި ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް