5 އަހަރުގެ ލޯފަން ކުއްޖެއް ޤުރުޢާން ހިތުދަސްކޮށްފި

ޙުޞައިން މުޙައްމަދު ޠާޙިރު ނަމަކަށް ކިޔާ ސައުދީގެ މި ކުއްޖާ ޤުރުޢާން އެއްކޮށް ހިތުދަސްކޮށްފައިވަނީ ރޭޑިއޯ އަޑުއަހައިގެން ކަމަށްވެއެވެ. ޢުމުރުން 5 އަހަރުގެ ޙުޞައިން އަކީ ދުނިޔެއަށް އައި އިރުވެސް ލޮލުގެ...

06 Jan 2021 | 05:04

ޙުޞައިން މުޙައްމަދު ޠާޙިރު ނަމަކަށް ކިޔާ ސައުދީގެ މި ކުއްޖާ ޤުރުޢާން އެއްކޮށް ހިތުދަސްކޮށްފައިވަނީ ރޭޑިއޯ އަޑުއަހައިގެން ކަމަށްވެއެވެ. ޢުމުރުން 5 އަހަރުގެ ޙުޞައިން އަކީ ދުނިޔެއަށް އައި އިރުވެސް ލޮލުގެ ފެނުން ގެއްލިފައިވާ ކުއްޖެކެވެ.

ޤުރުޢާން އެއްކޮށް ހިތުދަސްކުރުމަށް މި ކުޑަކުއްޖާ ހޭދަކޮށްފައިވަނީ ހަމަ އެންމެ 3 އަހަރެވެ.

ޙުޞައިން އަކީ ލޯފަން ކުއްޖަކަށް ވުމާއެކު އޭނާއަށް ޓީވީ ނުބެލޭނެތީ ޙުޞައިންގެ ބައްޕަ ވަނީ އޭނައަށް ރޭޑީއޯއެއް ހޯދައިދީފައެވެ. ޙުޞައިންގެ ބައްޕަ މި ހޯދައިދިން ރޭޑިއޯގެ އެހީގައި ޙުޞައިން މި ވަނީ އޭނާގެ ބައްޕަ ފަޚުރުވެރިވާނެފަދަ ލަޤަބެއް ހޯދާފައެވެ.

ޙުޞައިންގެ ބައްޕަ މުޙައްމަދު ޠާޙިރު ބުނެފައިވާގޮތުގައި ރޭޑިއޯ ގެއަށް ގެނެސްފައި ހަމައެކަނި ޤުރުޢާން އަޑުއިވޭ ފަދަ ޗެނަލަކަށް ލާފައި އޭނާ ބޭންދީއެވެ. އެއީ ދަރިފުޅަށް އަބަދުވެސް ޤުރުޢާން އަޑު އިވިއިވި ހުންނާނެތީއެވެ. މިގޮތަށް 3 އަހަރު ވީއިރުވެސް ދަރިފުޅު ރޭޑިއޯގެ އެހީގައި ޤުރުޢާން ހިތުދަސްކުރަމުންދާކަން ނޭންގޭ ކަމަށްވެސް ޙުޞައިންގެ ބައްޕަ ވަނީ ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް އެއްދުވަހަކު ޙުސައިން ބަޤަރާ ސޫރަތް އެއްކޮށް ހިތުން ކިޔެވުމުން ހައިރާންވިކަމަށާއި އަދި އެދުވަހަށްފަހުގައި ޙުޞައިންއަށް މުދައްރިސެއް ހޯދައިދީފައިވާނެކަމަށް ޙުސައިންގެ ބައްޕަ އިތުރަށް ބުނެފައިވެއެވެ.

ލޮލުގެ ފެނުން ގެންދެވި ނަމަވެސް އެއަށްވުރެ މަތިވެރި އެހެން ނިޢުމަތްތަކެއް ޙުޞައިންނަށް ދެއްވާފައިވުމުން އެކަމަށް ޝުކުރުކުރާކަމަށްވެސް ޠާޙިރު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް