ރާއްޖޭގައި ފުރަތަމަ ކޯވިޑް-19 ކޭސްތަކުގެ މައްސަލައިގަ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި ދެކޮޅަަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އެ ރިސޯޓުގެ މައްސަލަ ފުލުހުންނަށް އެޗްޕީއޭއިން ހުށަހެޅީ ކޯވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ފެނުމުން އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ސިއްރުކުރި މައްސަައިގަ އެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރި އިރު އެ ރިސޯޓުގައި މަސައްކަތް ކުރާ ތުރުކީގެ ޑޮކްޓަރުގެ މައްސަލަ ބަލަން ފަށައި އޭނާ ރާއްޖެއިން ފުރުން ކޯޓު އަމުރެއްގެ ދަށުން މަނާ ކުރި އެވެ.
ޕީޖީ އޮފީހުން ބުނީ ކުަރެއްދޫން ބައްޔަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ ހިއްސާނުކުރި މައްސަލާގައި ދައުވާ ނުކުރަން ނިންމީ ފުލުހުން އެ މައްސަލައިގަ ދައުވާކޮށްދިނުމަށް އެދުމުން އެ އޮފީހުން އިތުރަށް އެ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާ ނުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި އެ މައްސަލާގައި އެޗްޕީއޭއިން ގަވައިދުން ފޮނުވަންޖެހޭ ބައެއް މައުލޫމާތުތައް އެކަމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި އެ ރިސޯޓަށް ފޮނުވާފައިވާކަން ނުވަތަ ނޫންކަން އަދި އެއާ ގުޅުންހުރި ބައެއް ކަންތައް ސާފުވެފައި ނުވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެމީހާގެ ގައިން ކޯވިޑްގެ އަލާމާތްތައް ފެންނަމުން ދަނިކޮށް ރާއްޖެއިން ފުރުވާލި މައްސަލައިގަވެސް ޖިނާއީ ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ނިންމާފައިވެ އެވެ.
ކޯވިޑް-19 އަލާމާތްތައް ފެންނަމުން ދަނިކޮށް ރާއްޖެއިން ފުރުވާލީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ ޓޫރިސްޓެކެވެ. އެމީހާ ގައިން އެ ރިސޯޓުގެ ފަސް މުވައްޒަފަކަށް ކޯވިޑް ޖެހުނެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް-19 ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް ހަތް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް