އިތުރު 37 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 37 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ ޕޮސިޓިވްވެފައިވަނީ މާލެއިން 20 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 15 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ދެ މީހުންގ...

05 Jan 2021 | 20:06

ރާއްޖެއިން އިތުރު 37 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ޕޮސިޓިވްވެފައިވަނީ މާލެއިން 20 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 15 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ދެ މީހުންގެ އިތުރުން ލިވާ ބޯޑަކުން އެކަކު ކަމަށެވެ.

ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،088 ސާމްޕަލެވެ.

މިވަގުތު ކޯވިޑް-19 އަށް ފަރުވާދެމުން ދަނީ 658 މީހުންނަށެވެ. އޭގެ ތެރެއިން 41 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 13،217 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 48 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 13،930 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް