ޟުޙާ ނަމާދުގެ މާތްކަން އެނގޭނަމަ ކޮންމެ ދުވަހުކު ކުރީސް! ސުބްޙާނަالله

މާތް ނަބިއްޔާ މުޙައްމަދު  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ ، وَكُلُّ تَحْمِيدَةٍ صَدَقَةٌ ، وَكُلُّ تَهْلِي...

23 Feb 2021 | 14:55

މާތް ނަބިއްޔާ މުޙައްމަދު  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ ، فَكُلُّ تَسْبِيحَةٍ صَدَقَةٌ ، وَكُلُّ تَحْمِيدَةٍ صَدَقَةٌ ، وَكُلُّ تَهْلِيلَةٍ صَدَقَةٌ ، وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ ، وَنَهْيٌ عَنْ الْمُنْكَرِ صَدَقَةٌ ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنْ الضُّحَى)

މާނައަކީ: “އިންސާނާގެ ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. (ބުނެވޭ ގޮތުގައި އިންސާނާގެ 360 ހުޅު ހުރެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ، އެހެންކަމުން، ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކަށް 360 ޞަދަގާތް ވާޖިބުވެފައި އޮވެއެވެ)، ކޮންމެ ތަސްބީޙަ (ސުބްޙާނަﷲ ކިޔުން) އަކީ ޞަދަގާތެކެވެ. ކޮންމެ ތަޙްމީދަކީ (އަލްޙަމްދު لله ކިޔުން) އެއީ ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ (لا إله إلا الله) ޞަދަގާތެކެވެ. ކޮންމެ ތަކްބީރަކީ (الله أكبر ކިޔުން) އަކީ ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ. ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތް ކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ”. ” (ޞަހީޙް މުސްލިމް 720)

ކީރިތި ޤުރުޢާނުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ، ޝުކުރުވެރިވެއްޖެނަމަ، ރޯދިބަރަކާތް އިތުރުކޮށްދެއްވަވާނެކަމުގައެވެ.

﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ [سورة ابراهيم ٧]

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނައެވެ!) ހަމަކަށަވަރުން، ތިމަންއިލާހުގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް