N/A
ހުޅުމާލޭ ދެ ފިޔަވަހީގައި ބައެއް މަގުތައް ހެދުމާއި
ބައެއް މަގުތައް މަރާމާތު ކުރުމުގެ މަޝްރޫއެއްގައި ސޮއިކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ
މަޝްރޫގައި ސޮއިކޮށްފައިވަނީ ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޯލޮޖީ ކޯ
ލިމިޓެޑާއިއެކުގައެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ
ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ
ޒުހައިރެވެ. ރޮޓައިމްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ
ޒައު ވެއިޑަންގ އެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ ފަސް
މަހާއި ހަ މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށެވެ.
ބުދަ ދުވަހު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން،
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ނުނިމި ބާކި ހުރި ހުރިހާ މަގެއް ނިންމުމާއި ދެވަނަ
ފިޔަވަހީގެ ވިނަރެސް ކައިރިން އޮންނަ މަގު ހެދުމާއި ބައެއް މަގުތައް މަރާމާތު
ކުރުން ހިމެނޭކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އެގޮތުން އެކު ޖުމުލަ 1.1 ކިލޯ މީޓަރުގެ މަގު ހެދިގެންދާނެކަން
ފާހަގަކުރަމުން އެޗްޑީސީއިން ބުނެފައިވަނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް