2،000 އަށްވުރެ ގިނަ ސާމްޕަލް މިއަދު ޓެސްޓު ކުރި، ޕޮސިޓިވްވީ 16 މީހުން

ކޯވިޑް-19 އަށް މިއަދު ޓެސްޓު ކުރި 2،000 އަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 16 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ. އެޗްޕީއޭއިން މިރޭ އަންމު ކުރި މައުލޫމާތުތަކ...

05 Dec 2020 | 17:33

ކޯވިޑް-19 އަށް މިއަދު ޓެސްޓު ކުރި 2،000 އަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވެފައިވަނީ 16 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އަންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ޕޮސިޓިވްވި މީހުންގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ ހަ މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުން ފަސް މީހުންނާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ދެ މީހެކެވެ.

މިއަދު ކޯވިޑަށް 2،012 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.

މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 841 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 79 މީހަށް ދަނީ ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 12،264 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 13،159 މީހުންނެވެ. އޭގެ ތެރެއިން47 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް