މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް އާ މެމްބަރުން އިންތިހާބު ކޮށްފި އެވެ. މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިއްބަވަ އެވެ. އެއީ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުން ހޮވޭ އަށް ...

05 Dec 2020 | 16:58

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް އާ މެމްބަރުން އިންތިހާބު ކޮށްފި އެވެ.

މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިއްބަވަ އެވެ. އެއީ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުން ހޮވޭ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން ހޮވާ ހަތް މެމްބަރުންނެވެ.

މިއަދު އޮތް އިންތިހާބުގައި މީޑިއާތަކުގެ ބަޔަށް 15 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން މެމްބަރު ކަމަށް އިންތިހާބުވެފައިވަނީ އެންމެ ގިނަ ވޯޓު ލިބުނު ހަތް މީހުންނެވެ.

އެއީ

އަލީ ހުސައިން، ޕީއެސްއެމް

މުއިއްޒު އިބްރާހިމް، މިހާރު

އާދަމް ނަވާޒް، ވަގުތު އޮންލައިން

ހަސަން ޝާކިރު މުހައްމަދު، އަސްދަނޑި

އާދަމް ނަޒީރު، 27 އޮންލައިން

ޝަހުބާން ފަހުމީ، ސަންގު ޓީީވީ

ހުސައިން ސަގީފް، ތިލަދުން

އާންމުންގެ ތެރެއިން ހޮވާ ހަތް ގޮނޑިއަށް 15 މީހަކު ކުރިމަތިލި އެވެ.މި އަދު ހޮވާފައިވަނީ އެންމެ ގިނަ ވޯތު ލިބުނު ހަ މީހުންނެވެ.

އާންމުންގެ ތެރެއިން މީޑީއާ ކައުންސިލަށް ހޮވިފައިވަނީ

ފާތިމަތު އަހުމަދު

އަންވަރު އިބްރާހިމް

އިބްރާހިމް ފައުޒީ

އަހުމަދު މޫސާ

ޝަފާތު ހަބީބް

މުހައްމަދު ޝަފާއު ހަސަން

މީޑިއާތަކުގެ ބައިންނާއި އާންމުންގެ ތެރެއިން އެއް މެމްބަރަކު އިންތިހާބު ކޮށްފައި ނުވަނީ މިހާރު މީޑިއާ ކައުންސިލްގައި ތިއްބެވި މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ދައުރު ހަމަނުވާތީ އެވެ. މިހާރު އޮތް މީޑިއާ ކައުންސިލްގެ ދައުރު ހަމަވާނީ މިމަހުގެ 14 ވަނަ ދުވަހަށެވެ.

މީޑިއާ ކައުންސިލަށް އިންތިހާބު ކުރާ މެންބަރުންގެ ދައުރަކީ ދެ އަހަރެވެ. ވިދިވިދިގެން ދެ އަހަރު މެމްބަރު ކުރިމައްޗެއް ނުލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް