ސީޝެލްސްގެ ގައުމީ އެއާލައިން އެއާ ސީޝެލްސް އާއި ކަޒަކިސްތާނުގެ ގައުމީ އެއާލައިން އެއާ އެސްޓާނާ އިން ރާއްޖެއިން އަލަށް ދަތުރުުތައް ފަށައިފި އެވެ.
އެމްއޭސީއެލްއިން ވަނީ ދެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓް އަރުވާފައި އެވެ.
މުޅިން އަލަށް ރާއްޖެއަށް ދަތުރު ކުރަން ފެށި އެއާ އެސްޓާނާއިން ސީދާ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކަޒަކިސްތާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މިއަދު ބޭއްވި ފްލައިޓުން 156 މީހަރު ރާއްޖެ އައިސްފައިވެ އެވެ.
އެއާ ސީޝެލްސްއިން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސައުތް އެފްރިކާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ ސައުތް އެފްރިކާއިން މިއަދު ބޭއްވި ފުރަތަމަ ފްލައިޓުގައި 30 މީހަކު އައިސްފައިވެ އެވެ.
https://twitter.com/VelanaAirport/status/1335164224574656512
https://twitter.com/VelanaAirport/status/1335160245635543042
އެއާ އެސްޓާނާއިން ކޮންމެ ހަފުތާއަކު ތިން ދުވަހު ދަތުރުތައް ކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެވެ.
އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ކޮންމެ ހޮނިހިރު ދުވަހަކު އެވެ.
ރަޒިސްތާނާއި ސީޝެލްސް އިން ދެ ފްލައިޓް އައުމުގެ އިތުރުން، ބްރިޓިޝް އެއާވޭސް އިން ވެސް ވަނީ ލޮކްޑައުންނަށް މެދު ކަނޑާލުމަށްފަހު އަލުން އުދުހެން ފަށާފަ އެވެ. ބްރިޓިޝް އެއާވޭސް އިން 250 މީހުން ވަނީ މިއަދު ރާއްޖެ އަށް އައިސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ބޯޑަރު ޖުލައި މަހު ހުޅުވި ފަހުން މިހާތަނަށް 82،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް