ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭ ފޯވާޑް އާލިން ހާލަންޑަށް އަނިޔާވެ، ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ހާލަންޑް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރައް ދާން ޖެހުނު ކަން އޭނާގެ ކުލަބު ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ކަށަވަރުކޮށްދީފައިވާއިރު، އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭ މުއްދަތަކީ އެއް މަސް ދުވަސް ކަމަށް ވެސް ކުލަބުން ބުނެފައިވެއެވެ.
އަދި ދެން އޭނާއަށް އެނބުރި ކުޅޫމުގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައި ކަމަށް ވެސް އެ ޑޯޓްމަންޑުން ބުނެފައިވެއެވެ.
ހާލަންޑަށް ލިބުނު އަނިޔާގެ އެންމެ ފަހުގެ ތަފްސީލްތައް މީޑިއާއާއި ހިއްސާ ކުރަމުން ޑޯޓްމުންޑުގެ ކޯޗު ލޫސިއެން ފާވްރޭ ބުނީ ހާލަންޑުގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅީގެން މަސްދުވަހަށް ކުޅުމާއި ދުރައްދާން ޖެހިފައިވާ ކަމަށާއި އެކަން އެގޮތައް ދިމާވަން ޖެހުނީ އޭނާއަށް އަރާމުކުރުމުގެ ފުރުސަތު ނުދީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުވުމުން ކަމަށް އޭނާ ބުނެއެވެ.
އަދި އެންމެ ފުރަތަމަ ހާލަންޑަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ބެލި ނަމަވެސް، މި އަހަރު ދެން އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެފައިވާ ކަމަށާއި، ހާލަންޑަށް އަނިޔާވުމަކީ އެ ޓީމަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށްވެސް ފާވްރޭ ބުނެފައިވެއެވެ.
ޑޯޓްމުންޑް ފޯވާޑް ހާލަންޑް އަށް އަނިޔާވެ ކުޅުމާއި ދުރައް ދާން ޖެހުނު އިރު، އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 14 މެޗުގައި އޭނާ ވަނީ 17 ލަނޑު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް