"ޖަގް ޖަގް ޖީޔޯ" ގެ ބައެއް ތަރިން ކޯވިޑަށް ޕޮސިޓިވް، ވަރުން ދަވަން ހިމެނޭ

ބޮލީވުޑްގައި މަސައްކަތް ކުރިޔަށްދާ ވަރުގަދަ ފިލްމުތަކުގެ ތެރެއިން ރާޖް މެހެތާ ޑައިރެކްޓް ކުރާ "ޖަގް ޖަގް ޖީޔޯ" ގެ ބައެއް ތަރިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެ ފިލްމުގެ ބައެއް ތަރިން ޕޮސިޓިވްވ...

05 Dec 2020 | 07:08

ބޮލީވުޑްގައި މަސައްކަތް ކުރިޔަށްދާ ވަރުގަދަ ފިލްމުތަކުގެ ތެރެއިން ރާޖް މެހެތާ ޑައިރެކްޓް ކުރާ "ޖަގް ޖަގް ޖީޔޯ" ގެ ބައެއް ތަރިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެ ފިލްމުގެ ބައެއް ތަރިން ޕޮސިޓިވްވިކަން މީޑިއާގައި ތިލަކުރީ ޓިމުގައި މަސައްކަތް ކުރާ ބަޔަކު ސިއްރުންނެވެ. ފަހުން އެ ފިލްމުގެ ބައެއް ތަރިން ވަނީ ފިލްމުގެ ހުރިހާ ތަރިން ކޯވިޑަށް ޓެސްޓު ކުރަމުންދާ ކަން ހާމަކޮށްފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި "ޖަގް ޖަގް ޖީޔޯ" ގެ މުހިންމު ތަރިންގެ ތެރެއިން ވަރުން ދަވަން އާއި ނީތޫ ކަޕޫރު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ރާޖްގެ އިތުރުން އަނިލް ކަޕޫރު ޕޮސިޓިވްވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެކަމަކު އަނިލް ކަޕޫރު ވަނީ އެ ވާހަކަތައް ފަހުން ދޮގު ކޮށްފައި އެވެ. އަނިލް ކަޕޫރު އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވަނީ ކޯވިޑަށް އޭނާ ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮސިޓިވްވި ކަމަށް ބުނެ ނަތީޖާ ލިބުމުގެ ކުރިން އެ ވާހަކަ ފެތުރު މީހުންގެ ވާހަކަ ހުއްޓާލުމަށް އެދިފައިވެ އެވެ.

އެ ފިލްމުގައި ލީޑްލޯރުން ފެނިގެންދާ އަންހެން ތަރިއަކީ ކިއަރާ އަދްވާނީ އެވެ. ފިލްމުގެ މުހިންމު ބައެއް ތަރިންނާއި ޑައިރެކްޓަރު ކޯވިޑަށް ޕޮސިޓިވްވުމުން ފިލްމުގެ ޝޫޓިން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައި އެވެ.

"ޖަގް ޖަގް ޖީޔޯ" ރިލީޒް ކުރާ ދުވަހެއް އަދި ހާމަ ނުކުރިޔަސް އަންނަ އަހަރު ކުރީ ކޮޅު މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް