އެންމެ ސިއްޚަތު ރަނގަޅީ ގިނައިން ކާށި ކާ މީހުންގެ: ދިރާސާ

ކާއްޓަކީ އަޅުގަނޑުމްނެގް މި ރާއްޖޭގައި ވެސް ވަރަށް އާންމު ބާވަތެކެވެ. އެހެން ކަމުން ވަރަށް ފަސޭހައިން ކާށި ލިބެން ހިރެއެވެ. އެގޮތުން ކާއްޓަކީ ރާއްޖޭގައި ވެސް އާންމުކޮށް ކާން ބޭނުންކުރާ ވެސް އެއްޗެކެވެ...

05 Dec 2020 | 06:56

ކާއްޓަކީ އަޅުގަނޑުމްނެގް މި ރާއްޖޭގައި ވެސް ވަރަށް އާންމު ބާވަތެކެވެ. އެހެން ކަމުން ވަރަށް ފަސޭހައިން ކާށި ލިބެން ހިރެއެވެ. އެގޮތުން ކާއްޓަކީ ރާއްޖޭގައި ވެސް އާންމުކޮށް ކާން ބޭނުންކުރާ ވެސް އެއްޗެކެވެ. އެނގޭހެއްޔެވެ. ކާއްޓަކީ އޭގައި ހީވެސް ނުކުރާ ފަދަ ގިނަ ފައިދާތަކެއް ލިބިގޭ އެއްޗެކެވެ.

އެގޮތުން ދަދި ފަހުން ދެހި ދިރާސާއަކުން ވެސް ދައްކާ ގޮތުގައި ގިނައިން ކާށި ކާ މީހުންނަކީ އެންމެ ސިއްހަތު ރަނގަޅު މީހުންކަމަށް ބުނެފައިވެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ އިތުރުން ޔޫރަޕް މީހުން ވެސް މިހާރު ކާށި ކާ މީންވަރު ވަނީ އިތުރުވެފަ އެވެ. ކާށިން ލިބޭ ގިނަ ފައިދާތަކުގެ ސަބަބުންނެވެ.

ސިއްހަތަށް ލޯބިކުރާ ހުޅަނގުގެ މީހުން އެންމެ ލޯބިކުރަނީ ކާއްޓަށެވެ. އޭޝިއާ ގައުމުތަކުގައި ކާއްޓަކީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ. ހުޅަނގުގެ މީހުންގެ ސިއްހަތާ އަޅާބަލާއިރު އޭޝިއާ މީހުންގެ ސިއްހަތު ރަނގަޅުވުމުގެ އެއް ސަބަބަކީ ވެސް މިއީ ކަމަށް ދިރާސާތަކުން ދައްކައެވެ.

ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު ބައެއް ކަމަށް ފާހަގަކުރެވެފައިވަނީ ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޓޯކްލާވަން ގައުމުގެ ރައްޔިތުންނެވެ. ޓޯކްލާވަން އަކީ ރުއް ގިނަ ގައުމެކެވެ. އެމީހުން އާންމުކޮށް ކައި އުޅެނީ ވެސް ކާއްޓެވެ. އެހެން އެއްޗެއް ނުކައޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. ދިރާސާތައް ދައްކާ ގޮތުގައި އެމީހުންގެ ސިއްހަތު ވަރަށް ރަނގަޅެވެ. ގިނަ ބަލިތަކެއް އެ ގައުމުން ފެނިފައެއް ނުވެއެވެ.

ޓޯކްލާވަންގެ ރައްޔިތުންގެ ކިބައިން ހިތުގެ ބަލި އެއްގޮތަކަށް ވެސް ފެނިފައިނުވާ ކަމަށް މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެންމެ ގިނައިން ކާށި ކާ އަނެއް ބަޔަކީ ކިޓާވަން އައިލެންޑްގެ މީހުންނެވެ. އެ ރަށަކީ ވެސް ރުއް ގިނަ ރަށެއް ކަމުން އެމީހުން އާންމުކޮށް ކައި އުޅެނީ ކާއްޓެވެ. އެމީހުންގެ ވެސް ސިއްހަތު ރަނގަޅު ކަމަށް ދިރާސާތައް ބުނެއެވެ. އެހެން ކަމުން އާންމުކޮށް މި ފެންނަ ފަދަ ބޮޑެތި ބަލިތަކެއް އެ ގައުމުގެ ދިރިއުޅޭ މީހުންގެ ކިބައިން ނުފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް