ގްރީން ޓީ އަކީ ވެސް އޭގެއިން ގިނަ ފައިދާތަކެއް ލިބޭ ބުއިމެކެވެ. ގްރީން ޓީ އަކީ އާންމުގޮތެއްގައި ހާއްސަ ޑައިޓްތަކުގައި އުޅޭ މީހުން ހިކެން ކަމަށް ބުނެ ބޯ އެއްޗަކަށް ވިޔަސް މިއީ ބަނޑުތެރެ ސާފުކުރަން ބޯން ރަނގަޅު އެއްޗަކަށް ވުމުގެ އިތުރަށް މިއީ ހަންގަނޑަށާއި އިސްތަށިގަނޑަށް ވސް ވަރަށް ގިނަ ފައިދާތައް ލިބޭ އެއްޗެކެވެ.
އެގޮތުން ގްރީން ޓީ ސައިފަތް ބޭނުންކޮށްގެން ގޭގައި ފަސޭހައިން ހަންގަނޑަށާއި އިސްތަށިގަނޑަށް މި ފަރުވާ ދެވިދާނެ އެވެ.
ކޮންމެ އަންހެން ކުއްޖަކީ ވެސް ރީތި އިސްތަށިގަނޑެއްގެ ވެރިޔަކަށް ވާން ބޭނުންވާނެ ކުއްޖެކެއެވެ. އެގޮތުން ބާޒާރުން ލިބެން ހުންނަ އެކި ބްރޭންޑްތަކުގެ ޝޭމްޕޫ އާއ ކޮންޑިޝަނާ އުނގުޅައިގެން ވެސް ބޮލުން އިސްތަށި ފައިބާވަރު މަދުނުކުރެވޭއިރު، ގިނަ އަދަދަކަށް ކެމިކަލް އެކުލެވޭ މިފަދަ ތަކެތި ބޭނުންކުރުމުން ވެސް އިސްތަށިގަނޑު އިތުރަށް ހަލާކުވެ އެވެ. އެގޮތުން އިސްތަށިގަނޑު ކުރަކިވެ، މާގިނައިން އިސްތަށި ފޭބުން ހިމެނެ އެވެ. މިގޮތަށް އިސްތަށިގަނޑަށް ވުމުން، ގިނަމީހުން ސެލޫންތަކަށް ގޮސް ޓްރީމަންތްތައް ނަގާއިރު، މިފަދަ ޓްރީޓްމަންޓްތައް ހަދަނީ ގްރީން ޓީ ސައިފަތް އަޅައިގެން ހަދާފައި ހުންނަ އެއްޗިހިންނެވެ. އެހެންކަމުން ގޭގައި ސައިފަތް ބޭނުންކޮށްގެން މާރނގަޅު ޓްރީޓްމަންޓެއް ނެގިދާނެ އެވެ.
ރީތިކޮށް ޝޭމްޕޫ ލައިގެން ބޯ ދޮވުމަށްފަހު ކޮންޑިޝަނާ ލުމުގެ ބަދަލުގައި ގްރީންޓީ ސައިފަތް ފެނަށް އަލައިގެން ހަދާފައިހުރި ސައިފަތް ފެން ބޮލަށް އަޅާށެވެ. މިއީ އިސްތަށި ފޭބުން މަދުކޮށް އިސްތަށިގަނޑު ވަރުގަދަ ވެސް ކޮށްދޭ އެއްޗެކެވެ. މީގެއިތުރުން ވެސް ގްރީންޓީ ސައިފަތް ބޭނުންކޮސްގެން ބޮލުގައި އުނގުޅާނެ ޕެކެއް ވެސް ތައްޔާރުކުރެވިދާނެ އެވެ. އެގޮތުން އެއް ފެކެޓް ގްރީން ޓީ ސައިފަތުގެ ތެރެއަށް އެއް ކުކުޅު ބިސް އަދި އެއް ތަށި އާދައިގެ ޔޯގަޓް އަޅައި އެއްކުރާށެވެ. ޕޭސްޓް ތައްޔާރުކުރެވުމުން އިސްތަށިގަނޑުގެ ބުޑުގަޔާއި އަދި ބޮލުގެ ހަންގަނޑުގައި އުނގުޅާފައި ބައިގަޑިއިރު، ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
އެހެންކަމުން ގްރީން ޓީ އަކީ ހަމައެކަނި ބަނޑުގައ ޖަހާފައި ހުންނަ ސަރުބީ ވިރުވާލަދޭ އެއްޗެއް ނޫނެވެ. އޮމާން ރީތި ހަންގަނޑަކާއި ރީތި ވަރުގަދަ އިސްތަށިގަނޑެއް ވެސް ގްރީން ޓީ ސައިފަތުން ލިބިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް