ހަނިމާދޫ މަގު ހެދުމުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ. މި މަޝްރޫއު ކުރިިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކޭބަ...

05 Dec 2020 | 06:01

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއު ކުރިިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ 95 ޕަސެންޓުު ނިމިފައިވާ ކަމަށެވެ. އަދި ދުވާރު ހެދުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހޮޅިވަޅުލުމުގެ 48 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން ފެންހިންދާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިއުމާއި ފެންހިންދާ ނިޒާމް ވާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ހަދާނެ އެވެ. މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި އެކު މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ މަޝްރޫއު ނިމޭއިރު 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރާނެ ކަމަށެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 46.7 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް