ކޮވިޑް-19: އިތުރު 37 މީހުން ފައްސިވެއްޖެ

އިތުރު 37 މީހުން ކޮވިޑް-19 އަށް މިއަދު ފައްސިވެއްޖެއެވެ. ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 1،753 ސާމްޕަލްގެ ތެރެއިން 37 ސާ...

04 Dec 2020 | 20:36

އިތުރު 37 މީހުން ކޮވިޑް-19 އަށް މިއަދު ފައްސިވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 1،753 ސާމްޕަލްގެ ތެރެއިން 37 ސާމްޕަލް ފައްސިވެފައިވާކަމަށެވެ.

މިއަދު އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 30 މީހުންނާ، އަތޮޅުތެރޭ ރައްތަކުން ދެމީހުންނާ، ރިސޯޓުތަކުން ދެމީހުންނާ، އަދި އޮޑިދޯނިފަހަރުން ދެމީހުންނެވެ.

މިއަދު އަލަށް ފައްސިވި 37 މީހުންނާއެކު ޖުމްލަ މިބައްޔަށް ފައްސިވި މީހުންގެ އަދަދުވަނީ 13،143 އަރައިފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 12،199 އަރައިފައެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 890 މީހުން މިބައްޔަށް ފަރުވާހޯދަމުން އަންނައިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 78 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް