ދިރާގުޕޭއިން ބިލް ދައްކައިގެން މެލޭޝިއާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

05 Nov 2026 | 13:53
ފޮޓޯ: ދިރާގު

ފޮޓޯ: ދިރާގު

ދިރާގުޕޭ ބޭނުންކޮށްގެން ދިރާގު ބިލްތައް ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މެލޭޝިއާގެ ކުއަލަލަމްޕޫރަށް ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުޕޭ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުންނެވެ. ކޮންމެ ބިލެއް ދެއްކުމާ އެކު ގުރުއަތުގައި ބައިވެރިވާ އަދަދު އިތުރުވާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެގޮތުން ގިނައިން ބިލް ދައްކާ ފަރާތްތަކަށް ދަތުރު ކާމިޔާބުކުރެވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް ދެ މީހެއްގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން ޓްރެވަލް އެޖެންސީއަކުން ރާވާފައިވާ ޚާއްޞަ ޓުއާއެއް ވެސް ލިބޭނެއެވެ.

ޑިޖިޓަލް ޕޭމަންޓުގެ އާދަ ކަސްޓަމަރުންގެ މެދުގައި އަށަގެންނެވުމާ އެކު، ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮމޯޝަނެއް ކަމަށް ދިރާގު ފިންޓެކުން ބުނެފައިވެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް