"އޯނިންގ މައި ތޯޓްސް" ފޮތުގެ ސަބަބުން އަލަށް ޖަރނަލް ލިޔާ މީހުންނަށް އިތުރު ބާރަކަށްވާނެ: މެޑަމް ފަޒުނާ

އޯނިންގ މައި ތޯޓްސް ފޮތުގެ ސަބަބުން އަލަށް ޖަރނަލް ލިޔާ މީހުންނަށް އިތުރު ބާރަކަށްވާނެކަމަށް މެޑަމް ފަޒުނާ އަހްމަދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާ...

05 Nov 2021 | 11:52

އޯނިންގ މައި ތޯޓްސް ފޮތުގެ ސަބަބުން އަލަށް ޖަރނަލް ލިޔާ މީހުންނަށް އިތުރު ބާރަކަށްވާނެކަމަށް މެޑަމް ފަޒުނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ "އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް" ފޮތް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޝައިންޓްރީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ތެރަޕިއުޓިކް ބޭނުމަށް ޖަރނަލް ލިޔުމަކީ އޭގެ އެތަކެއް ފައިދާތަކެއް އޮތްކަމެއްކަން ކަމަށެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް އެނގޭ މަޢޫލޫމާތާއި ވަޞީލަތްތައް އެހެން ފަރާތްތަކާވެސް ޙިއްޞާކުރެއްވުމަކީ ބޭނުންތެރިކަމެއް ކަމަށް މެޑަމް ފަޒުނާ ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި ގެ ޗެއަރޕަރސަން، ޙައްވާ ލީޝާ ލިޔުއްވި މިފޮތަކީ 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް އަމާޒުކުރައްވައި ޕޮޒިޓިވް މެސެޖުތަކާއި ފައްސި ވިސްނުން ކުރިއަރުވާ ފަދަ މެސެޖުތައް ހިމަނުއްވައިފައިވާ އަދި އެމީހެއްގެ އަމިއްލަ ތަޖުރިބާތައްވެސް އޭގައި ލިޔެވޭނެގޮތަށް އޮތް ފޮތެކެވެ.

އޮސްޓްރޭލިއާ އެވޯޑްސްގެ ގްރާންޓް ގެ އެހީގައި ޗާޕްކޮށްފައިވާ މިފޮތުގެ 500 ކޮޕީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކަށާއި ޢާންމުން ނަށް ފޯރުކޮށްދެވޭނެފަދަ ތަންތަނަށެވެ. އަދި މިފޮތުގެ 500 ކޮޕީ ވަނީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފަ އެވެ.

މި ފޮތްތައް ވިއްކައިގެން ލިބޭ ފައިސާ ޚާއްޞައެހީއަށް ބޭނުންވާ ކުދިން ގެންގުޅޭ 10 ބެލެނިވެރިންނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް