9 ބޯލް ޗެންޕިއަންޝިޕް 2021 ރޭ ފަށައިފި އެވެ.
ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަން ކުރިއަށްދަނީ 64 ކުޅުންތެރިންގެ މެދުގައި ޑަބަލް އެލިމިނޭޝަން އުސޫލުން ނެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފިޔަވާ އެހެން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭވްސްއަށެވެ.
10 ކުޅުންތެރިންގެ މެދުގައި އަންހެން ޑިވިޝަން ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުން ނެވެ. މި ޑިވިޝަންގެ ފައިނަލް މެޗު ފިޔަވާ އެހެން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި މި ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
ނެޝަނަލް ބިލިއަރޑު ސެންޓަރ ގައި ކުރިއަށްދާނީ ރޭގަޑު 7.30 އިން 12:00 އަށެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 124 މެޗު އަންހެން ޑިވިޝަންގައި 18 މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ.
މުބާރާތުގައި ޗެންޕިއަން ޓީމު، ރަނަރަޕް ޓީމުގެ އިތުރުން އެންމެ މޮޅު 8 ފިރިހެން ކުޅުންތެރިންނާއި އެންމެ މޮޅު 5 އަންހެން ކުޅުންތެރިން ހޮވުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ ގިނަ ރަންއައުޓް އަދި ބްރޭކް ރަންއައުޓް ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި އަހަރު ދެން އޮންނާނީ ޤައުމީ ބިލިއަޑު މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް