އައްޑޫ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި59 އަހަރުގެ މީހެއް މަރުވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓްގައި މަރުވެފައިވަނީ ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ އެވެ. އޭނާ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށްނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހަސަން އޭނާގެ ސައިކަލްގައި ދަނިކޮށް ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރަން ނިކުމެ އުޅުނު މީހެއްގެ ގައިގާ ޖެހިގެން ނެވެ.
އައްޑޫ ލިންކް ރޯޑުގައި މީގެ ކުރިންވެސް ވަނީ ގިނަ އެކްސިޑެންޓުތަކެއް ހިނގާ، މީހުންގެ ފުރާނަ ގެއްލި އެތައް ބަެއްގެ ފުރާނައަށް ގެއްލުންވެފަ އެވެ.
އެގޮތުން، މިދިޔަ މާރޗު މަހު ވެސް ލިންކް ރޯޑު، ހަންކެޑެ ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި އަންހެނަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް